މާމިގިލީ އަރިޔަދޫ ކަންމަތިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިން ތަކަކަށް އަނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 11:10 ހާއިރު މި އެކްސިޑެންޓު ހިނގަން މެދުވެރިވީ މާމިނގިލީ އަރިޔަދޫ ކަންމަތިން ސަން އައިލޭންޑްގެ ލޯންޗެއް ފަތުރުވެރިން މޫދަށް ބާލައިގެން އެ ސަރަހައްދުގައި މަޑުކޮށްގެން އޮއްވާ އެހެން ލޯންޗެއް ކޮންޓްރޯލް ނުވެގެން އައިސް ސަން އައިލޭންޑުގެ ލޯންޗުގައި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ސަން އައިލޭންޑް ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށެވެ. ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ލޯންޗަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ފަތުރުވެރިންނަށް މާމިނގިލީ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.