އެމީހެއްގެ އަމިއްލަ ނަފްސަށާއި އަނބިދަރިންނަށް ސަލާމަތްކަން ހޯދަން ބޭނުން މީހަކަށް މިހާރު އޮތީ "ޖަޒީރާ ރާއްޖެ" ދޫކޮށްފަ ދިއުން" ކަމަށް މަޝްހޫރު އެކްޓަރ ކޮމީޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) ވިދާޅުވެއްޖެއެވެ.
ޔޫސޭ "މިނިކާ ރާއްޖެއަށް" ދަތުރުފެށި ވީޑިއޯއިން ދޭން މެސެޖާއި ބެހޭގޮތުން އޭނާ ވިދާޅުވީ 2 އަހަރުގެ ކުޑަކުދިންނާއި އެއިގެ ބޮޑަށް ތިބި ދަރިން ސަލާމަތް ނުކުރެވޭއިރު އަމިއްލަ ފިހާރައިގެ ވަތްގަނޑުން އަމިއްލައަތުން ވެސް ކުރަނީ ވައްކަން ކަމަށެވެ. އެއީ ވަތްގަނޑުން ނެގިވަރު ނުއަންގަން ވެގެން ކަމަށެވެ. މިޙާލަތަށް ވެށްޓިފައިވާ ޤައުމެއްގައި ދިރިއުޅުމަކީ އެހެން އެއްވެސް ގޮތެއް އޮތް މީހަކު ކުރަން ހެޔޮވާރުގެ ކަމެއް ނޫން ކަމަށެވެ.
"އެހެންވެ ބަރުމާ ކައިރީގަ އޮންނަ މިނިކާ ރާއްޖެއަށް ދަތުރު މިފެށީ. އެތަނަށް ދެވިއްޖިއްޔާ މިނިކާ މީހުންއަހަރެން ކައިލަފާނެއެއްނު. ދެން އެހިސާބުން އެ ނިމުނީނު؟ މިކަންކަމާ ވިސްނާކަށް ނުޖެހޭނެނު؟" ޔޫސޭގެ މަޖާ އެކަމަކު ސީރިއަސް ރާގުގައި ބުނެލިއެވެ.
މާތް ﷲގެ ވާގިފުޅާއިއެކު ޔޫސޭއަށް މިހާރު ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ދާދިފަހުން ވެސް އެންމެ ކުރީ ސަފުގައި ޔޫސޭ އާއިއެކު ޖަމާއަތުގައި ނަމާދުކޮސްލުމުގެ ފުރުޞަތުވެސް ވަނީ ލިބިފައެވެ.
ޔޫސޭ މިނިކާ ރާއްޖެއަށް ކުރާ ދަތުރުގެ ވީޑިއޯ:
"އަހަރެން ދާ ތަން ބަލާނެ ކަމެއް ނެތް. އަހަރެން ބޭނުމެއް ނޫން އެއްގޮތަކަށް ވެސް ރާއްޖޭގައި ހުންނާކަށް، ވިސްނާލަ ބަލަ! ކުޑަކުޑަ ކުއްޖެއް! އޭނާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ، ދެން މިހާ ހިސާބަށް ގައުމު ދިޔައިމަ ދެން ކީއްކުރަން މިތަނުގައި ހުންނަނީ؟"
"ރޭގައި ވެސް ޓީވީ ހުޅުވާލި އިރު އަހަންނަށް ފެނުނު މަންޒަރުތަކާއި، އިވޭ އަޑުތަކާ އެއްޗެހިން އެއްގޮތަކަށް ވެސް މި ގައުމުގައި މިހާރު ހުންނާކަށް ބޭނުން ނޫން. ރާއްޖެ ދެން އަންނާނީ އިސްލާމީ ޝަރީއަތް ގާއިމްކުރެވުނު ދުވަހަކުން. އެކަމަކު އެނބުރި އަންނަ އިރު، މިހާރު ރާއްޖޭގެ ހާލަތަށް ބަލާ ނަމަ، އޮންނާނީ މުޅިން އެހެން ގޮތަކަށް. ހީވަނީ ހުރިހާ އެންމެންގެ އަތްތަކާއި ބޯތަކާ ވެސް ކަނޑާފަހެން ހުންނާނީ! ހުސް ނުކުޅެދޭ މީހުން ދޯ ފެންނާނީ؟"
https://twitter.com/i/status/1218580737911226370