މިސްރު ސަރުކާރުން ރާއްޖެއަށް އަރަބި ފޮތްތަކެއް ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
މިސްރު ސަރުކާރުން ރާއްޖެއަށް އަރަބި ފޮތްތަކެއް ހަދިޔާކޮށްފި

އަލްއަޒްހަރު ޔުނިވަރސިޓީ މެދުވެރިކޮށް މިސްރު ސަރުކާރުން އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ހަދިޔާކުރައްވާ ޢަރަބި ޓެކްސްޓް ފޮތްތައް ދިވެހި ސަރުކާރާއި ޙަވާލުކޮށްފިއެވެ.

މި ފޮތްތައް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޢަލީއާއި ހަވާލުކުރެއްވީ ފޮރިން މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، މިސްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުސައިން އަލް ސަހަރްތީއެވެ.

މިސްރަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ތަރައްޤީއަށް ބޮޑެތި އެހީތަކެއް ޒަމާންތަކެއް ވަންދެން ފޯރުކޮށްދެމުންދާ ޤައުމެކެވެ. އަދި އަލްއަޒްހަރު ޔުނިވަރސިޓީއިން ގެންދަނީ ޢަރަބި މީޑިއަމަށް ދިވެހިރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކަށް ޓެކްސްޓް ފޮތާއި ޓީޗަރުންގެ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޢަރަބިއްޔާ ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މިއަދު އޮންލައިން