ރާއްޖޭގެ ފުރަތަމަ އެމްބާމިންގް ޕްރޮސީޖާއެއް އިއްޔެގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުން ހަދައިފިއެވެ.
އެމްބާމިންގް ޕްރޮސީޖާ އަކީ މަރުވާމީހުންގެ ހަށިގަނޑު ހަލާކުނުވާނެ ގޮތަށް ރައްކާތެރިކުރުމަށް ކިޔާ ނަމަކެވެ.
މިކަމާބެހޭގޮތުން ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ މިހިދުމަތް ދެނީ ބައިނަލްއަގްވާމީ ގަވައިދުތަކާއި އެއް ހަމައެއްގައި ކަމަށާއި މި ހިދުމަތަކީ މަރުވެފައިވާ މީހުންގެ ހަށިގަނޑަށް އިހުތިރާމުކޮށް، އެމީހުންގެ ހަށިގަނޑަށް ގެއްލުންނުވާނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ދުނިޔޭގެ ގަވައިދުތަކުގެ ދަށުން ދެވޭ ހިދުމަތެއް ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވާނީ ވެސް ލައިސަންސް ލިބިފައިވާ ގާބިލު ފަރާތްތަކެއްކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އެމްބާމިންގް ޕްރޮސީޖާ ހެދުމަށްފަހު ބައިނަލްއަގްވާމީ ފެންވަރުގެ ސެޓްފިކެޓެއް ވެސް ހަވާލުކުރެއެވެ.