އިންތިޚާބު ފަސްކޮށް، ޖިންސީ ގޯނާގެ މުސީބާތް ޖެހިފަ ތިބި ކުދިން ހޯދުން މުހިންމު: ރީކޯ މޫސަ

ކިޔުމަށް ހޭދަވާނީ 1މ 4ސ
އިންތިޚާބު ފަސްކޮށް، ޖިންސީ ގޯނާގެ މުސީބާތް ޖެހިފަ ތިބި ކުދިން ހޯދުން މުހިންމު: ރީކޯ މޫސަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށްފަހު، ޖިންސީ ގޯނާގެ މުސީބާތް ޖެހިފައި ތިބި ކުދިން ހޯދުން މުހިއްމު ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރ މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

"އިންތިޚާބު ފަސްކޮށްފައި، ޕާޓީީ ތަކުން ނުކުމެ ދޮރުން ދޮރަށް ހިނގައިގެން ބަލަން ވީނު ކިތައް ގޭގަތޯ ކުޑަކުދިން ތިޔަމުސީބާތުގަ ޖެހިފަ ތިބީ. މިހާރު ތިހަދާ ގޮތަކީ ގޭގެއަށް ވަދެ ވޯޓުލެވޭ މީހުނާ ވާހަަދައްކާ ހާލު އަހާ ހަދަނީ" މޫސަ ވިދާޅުވިއެވެ.

ޓްވިޓާ މެދުވެރިކޮށް މޫސަ މިހެން ވިދާޅުވެފައިވަނީ ގއ.ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ އިތުރުން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ އެތައް މައްސަލަތަކެއް ފެންމަތިވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އުމުރުން ދެ އަހަރު ނުފިރޭ ކުޑަ އަންހެން ކުއްޖަކު ކަނޑުހުޅުދޫއިން ރޭޕްކުރި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާ އަށް އިހުމާލުވި މައްސަލާގައި ހުކުރު ދުވަހުގެރޭ ފުލުހުން ވަނީ އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

މިއަދު އޮންލައިން