ލޯބިވެރިޔާގެ އޯގާތެރިކަން ލިބުނު "ކުޑަކުއްޖަކު" މާލޭގަ ވިހައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލޯބިވެރިޔާގެ އޯގާތެރިކަން ލިބުނު "ކުޑަކުއްޖަކު" މާލޭގަ ވިހައިފި!

ދިވެހި ޖުމްހުރިއްޔާގެ ޤާނޫނު އަސާސީގައި ކުޑަކުއްޖެއް ކަމަށް ބުނާ 16 އަހަރުގެ ކުއްޖަކު މިއަދު މާލޭގެ ހޮސްޕިޓަލެއްގައި ވިހައިފައިވާ ކަމަށް މިއަދުނޫހަށް މައުލުމާތު ލިބިއްޖެއެވެ. ނަމަވެސް މިކަން ކަށަވަރު ކުރަން ކުރި މަސައްކަތުން އަދި ރަސްމީ ބަހެއް ނުލިބެއެވެ. 

މައުލޫމާތު ލިބޭގޮތުން ރަށު ސްކޫލުން މިދިއަ އަހަރު ގްރޭޑް 10 ނިންމާފައިވާ މި "ކުޑަކުއްޖާ" ވިހާފައިވަނީ އެއްވެސް އަނިޔާއެއް ކުއްޖާއަށް ނުލިބޭ ގޮތަށް ލޯތްބާއި އޯގާތެރިކަމާއިއެކު ހިންގާފައިވާ ގުޅުމަކުންނެވެ. 

މިބާވަތުގެ ކަންކަން ސަރުކާރުން މިހާރު މިނާ މިންގަނޑުން ބަލާނަމަ މިބާވަތުގެ ކަންކަމުގައި މައިންބަފައިންގެ ވެސް އަދި ކުދިންގެ ވެސް ޒިންމާއެއް ނުއޮވެއެވެ. ކުއްޖާގެ ގުނަވަންތަކަށް އަންނަ ބަދަލު އައުން ފަދަ ކަންކަމެއްވެސް ނުހިނގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުން ރަތަށް އަރާ އެއްވެސް ބޭފުޅަކު މިފަދަ ކަންކަމުގައި ކަންބޮޑުވެވަޑައިނުގަންނަވަނީ އެހެންވެގެން ކަމަށް ބެލެވެއެވެ.

13 އަހަރުގެ ބައެއް ކުދިން ބައެއް ރަށްރަށުގައި ވިހެއުމުން ކަން ބޮޑުވެފައި 13 އަހަރުގެ ބައެއް ކުދިން އެހެން ރަށްރަށުގައި ވިހެއުމުން ކަންބޮޑުނުވަނީ އެހެންވެގެން ކަމަށް ވެސް ބެލެވެއެވެ.

މިއަދު އޮންލައިން