ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 22ސ
ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

 ހުޅުމާލެއިން ބަނގުރާ ފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ބަނގްލަދޭޝް ފިރިހެނުންނެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުން ގެންގުޅުނު ދެ ދަބަހެއްގެ ތެރެއިން 20 ފުޅި ބަނގުރާ ފެނިފަވެއެވެ.

 

މިއަދު އޮންލައިން