ކޯޓުން ބޭރުގައި ކުޑަ ކުއްޖަކާ ކައިވެނިކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ކޯޓުން ބޭރުގައި ކުޑަ ކުއްޖަކާ ކައިވެނިކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި!

15 އަހަރުން ދަށުގެ ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޏ. ފުވައްމުލަކުން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި ފުވައްމުލަކުން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލައާއިގުޅިގެން މިކުއްޖާގެ މަންމަ ވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މިކުއްޖާގެ މަންމަ ހައްޔަރުކުރީ ދަރިފުޅާއި މެދު އިހްމާލުވެފައިވާތީ ކޯޓު އަމުރެއްގެ ދަށުނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ. 

މިއަދު އޮންލައިން