ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިފައިވާ ކަމުގެ އިތުބާރު ރައްޔިތުންނަށް ދެއްވާ!: ޑރ. ނިޔާފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިފައިވާ ކަމުގެ އިތުބާރު ރައްޔިތުންނަށް ދެއްވާ!: ޑރ. ނިޔާފް

ޗައިނާއިން ފެނި ދުނިޔެއަށް ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސް ބަލި ރާއްޖެއަށް ވެސް އެތެރެވުމުގެ ފުރުސަތު އޮތުމުން، ރާއްޖޭގެ އެއާޕޯޓުތަކުގައި ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަކޮށް ޢާންމުކޮށް އިޢުލާނުކުރަން ޖެހިފައިވާކަމަށް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ޞިއްހީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މަސއްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. ނިޔާފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެކި ގައުމުތަކުން މި ބަލި ފެންނަން ފެށުމާއިއެކު، ގިނަ ގައުމުތަކަކުން މިހާރުވެސް ވަނީ އެއާޕޯޓުތަކުގައި ބައްޔަށް ސްކްރީންކުރުމުގެ ކަންކަން ވަރުގަދަކޮށްފައި ކަމަށެވެ.

"މިހާރު ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅައި އެކަން ރަސްމީކޮށް އިއުލާން ކުރަން ޖެހޭ ވަގުތު އައިސްފައި މިވަނީ! ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރެވެމުންދާކަން ރައްޔިތުންނަށް އެނގެން ޖެހޭނެ!" ކަމަށް ވިދާޅުވެ އެ އިތުބާރު އުފައްދައިދދިނުމަށް ޑރ. ނިޔާފް ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ޢަބްދުﷲ ނިޔާފް އަކީ އޭޑީކޭ ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެކެވެ.

މިއަދު އޮންލައިން