ކޯޓަށް ޙާޟިރުކުރުމަށް ތިން މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޯޓަށް ޙާޟިރުކުރުމަށް ތިން މީހަކު ހޯދަނީ

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/މާލެގަން، ހުރުއަޑި، ޢަލީ ޙަސަންދީދީ (45އ) އާއި ޏ. ފުވައްމުލައް/ފުނާޑު، ގުލިސްތާނުގެ، ޙަސަން އަޙްމަދު (27އ) އަދި ޏ. ފުވައްމުލައް/ހޯދަޑު، ގްރީޓް، އަހްމަދު ޝިޔާމް (41އ) އެވެ.

ޢަލީ ޙަސަންދީދީ ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 11:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންއެވެ.

ޙަސަން އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 13:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންއެވެ.

އަޙްމަދު ޝިޔާމް ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 14:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންއެވެ.

މިތިން މީހުންނާ ބެހޭ އެއްވެސް  މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެމެވެ. 

މިއަދު އޮންލައިން