ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން އިތުރު ތާމަލް ކެމެރާ ގެންނަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން އިތުރު ތާމަލް ކެމެރާ ގެންނަނީ!

ރާއްޖޭގައި ރޯނާ ވައިރަސް އަށް ސްކްރީން ކުރުމަށް 6 ތާމަލް ކެމެރާ ގެންނަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު، އަމީން ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ހަ ތާމަލް ކެމެރާ ގެނެސް ރާއްޖެ އެތެރެވާ މީހުންގެ ޓެސްޓުތައް ކުރާނެ ކަމަށެވެ.

މިހާރު އެއާޕޯޓްގައި ކޮރޯނާ ވައިރަސްއަށް ސްކްރީންކުރަމުން ގެންދަނީ އެންމެ ކެމެރާ އަކުނެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އެއާޕޯޓުގެ އިތުރުން ރާއްޖޭގެ ޕޯޓުތަކާއި ހުރިހާ އެންޓްރީ ޕޮއިންޓުތަކުންވެސް ސްކްރީން ކުރާނެ ކަމަށާއި އައްޑޫ ސިޓީ އެއާޕޯޓުގައިވެސް މި ޓެސްޓުތައް ކުރަން ހަމަޖެހިފައިވާކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށްވެސް އަމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން