މާލޭގެ ބައެއް ގުދަންތަކުގައި މިހާރުވެސް ކެމިކަލް އެބަހުރި ކަމަށް ތުހުމަތު ކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާލޭގެ ބައެއް ގުދަންތަކުގައި މިހާރުވެސް ކެމިކަލް އެބަހުރި ކަމަށް ތުހުމަތު ކުރަން ފަށައިފި!

މާލޭގެ ބައެއް ގުދަންތަކުގައި މިހާރުވެސް ބައެއް ބާވަތްތަކުގެ ކެމިކަލް ގުދަންކޮށްފައި އެބަހުރި ކަމަށް ތުހުމަތުކޮށް އެކަމުގެ ޚަބަރުތައް ޢާންމުވާން ފަށައިފިއެވެ. އެކަން ހާމަކޮށް ބައެއް ފޮޓޯތަކާއި ވީޑިއޯތައްވެސް އެބަ ދައުރުކުރެއެވެ. 

ބައެއް ފަރާތްތަކުން ބުނެފައިވަނީ ކަސްޓަމްސް އިން ނެރެގެން ތިލަފުށްޓަށް ގެންދާކަމަށް ހަދާފައި އަނބުރާ މާލެ ގެނެސް ގުދަން ކުރަނީ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. 

މާލޭގައި ހިނގި އަލިފާނުގެ ބޮޑުހާދިސާއަށްފަހު މާލޭގައި ކެމިކަލް ގުދަންކުރުން އެމްއެންޑީއެފް އާއި އަދި ގުޅުން ހުރި އިދާރާތަކުން ވަނީ މަނާކޮށްފައެވެ. އެކަމަށް ޚާއްޞަކޮށްގެން ތިލަފުށީގައި ގުދަންތަކެއް ސަރުކާރުން ހަދައި ވިޔަފާރިކުރާ ފަރާތްތަކަށް ވަނީ ދޫކޮށްފައެވެ. އަދި މާލޭގައި ހުރި ހުރިހާ ކެމިކަލްތަކެއް އެ ގުދަންތަކަށް ބަދަލުކުރެވިފައިވާކަން ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 

ތޮއްޖެހިފައިވާ މާލޭގައި ކެމިކަލް ގުދަންކުރުމުން ލިބުނު ބޮޑު ގެއްލުމުން އަދި މިއުޅެނީ އަރައިނުގަނެވިގެންކަން ފާހަގަކޮށް މިފަދަ ކަންކަމުގެ ހަޤީޤަތް ކަމާއިބެހޭ ފަރާތްތަކުން ބައްލަވައި އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަށް ގިނަ ބައަކު އެދެއެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ ލައިސަންސާއި ހުއްދަތައް ހިފަހައްޓައި މާލެއަކީ ދިރިއުޅުމަށް ރައްކައުތެރި ތަނެއްކަން ކަށަވަރުކޮށްދެއްވުމަށްވެސް ގިނަ ބައަކު އެދެއެވެ.  

މިއަދު އޮންލައިން