ޑޮކްޓަރަށް ދައްކަން މާލެގެނައި ގައިދީއަކު ފިލައިފި!

ކިޔުމަށް ހޭދަވާނީ 49ސ
ޑޮކްޓަރަށް ދައްކަން މާލެގެނައި ގައިދީއަކު ފިލައިފި!

ޑޮކްޓަރަށް ދައްކަން މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެނަދިޔަ ގައިދީއަކު ފިލައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިހުރި އައިސަރު ނަސީރު (24އ.) ނަމަކަށް ކިޔާ ގައިދީއަކު މިއަދު ހެނދުނު އައިޖީއެމްއެޗް އަށް ގެންގޮސްފައި ވަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި އެމްސީއެސް އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އިޒްމިއާ ވިދާޅުވެފައިވެއެވެ.

އެމްސީއެސް އިން މައުލޫމާތު ދީފައިވާ ގޮތުގައި އައިސަރު އަކީ މަސްތުވާތަކެތީގެ މައްސަލައެއަގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އޭނާ ފިލާފައިވަނީ ހެލްތު ސްކްރީނަށް ގެންދިޔަ ވަގުތު އައިޖީއެމްއެޗްގެ ޓީބީ ކްލިނިކް ތެރެއިން މިއަދު ހެނދުނު ކަމުގައިވެސް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން