ދެ ފޯނެއްގެ ވެރިފަރާތް ހޯދަނީ

ކިޔުމަށް ހޭދަވާނީ 24ސ
ދެ ފޯނެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ދެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.

މި ދެފޯނަކީ 2020 ޖަނަވަރީ 19 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ފޯނެވެ.

ވީމާ މި ދެ ފޯނުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާއި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނުތަކާ ހަވާލުވެލުވުމަށް އެދެއެވެ.

މިއަދު އޮންލައިން