ހުޅުދުއްފާރުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ހުޅުދުއްފާރުން  މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހުޅުދުއްފާރުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ހުޅުދުއްފާރަށް ދަތުރުކުރަމުންދާ ބޯޓަކުން ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ 20:20 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި، އެރަށު ބަނދަރު ސަރަޙައްދުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން