ޓީބީ ކްލިނިކް ތެރެއިން ފިލި ގައިދީ ހުޅުމާލެއިން ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ޓީބީ ކްލިނިކް ތެރެއިން ފިލި ގައިދީ ހުޅުމާލެއިން ހައްޔަރުކޮށްފި

އައިޖީއެމްއެޗްގެ ޓީބީ ކްލިނިކް ތެރެއިން މިއަދު ހެނދުނު ފިލާފައިވާ ގައިދީ ހުޅުމާލެއިން ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފިއެވެ.

ގދ. ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ ފުލުހުންނެވެ.

ކަރެކްޝަނަލް ސަރވިސުން ބުނެފއަިވަނީ މިމީހާ ފިލާފައިވަނީ މިއަދު ހެނދުނު ހެލްތް ސްކްރީން ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ހުއްޓާ ހެނދުނު 8:24 އެހާއިރުކަމަށެވެ.

މިމީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދާ މީހެކެވެ. 

މިއަދު އޮންލައިން