ޖިންސީ ގޯނާކުރުން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ރައްޔިތުންގެ ބައަކު އިސްނަގައިގެން ފަށަނީ! ބައިވެރިވެލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޖިންސީ ގޯނާކުރުން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ރައްޔިތުންގެ ބައަކު އިސްނަގައިގެން ފަށަނީ! ބައިވެރިވެލައްވާ!

ދިވެހި މުޖުތަމައުއަށް ކުރިމަތި ވެފައިވައި މުސީބާތެއް ކަމުގައިވާ ޖިންސިގޯނާއާއި ދެކޮޅަށް # އިންސާފަށްޓަކައިގެ ނަމުގައި ރައްޔިތު ކުދި ބޮޑު އެންމެން އިސްނަގައިގެން ވަރަށް ހާއްސަ ހަރަކާތެއް މިއަދު ހަވީރު މާލެ އާއި ގއ. ވިލިނގިލީގައި ކުރިއަސް ގެންދާނެއެވެ.

މިގޮތުން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި މާފަންނު އިޖްތިމާއީ މަރުކަޒު ކުރިމަތި، ރަސްފަނުން ސަރަހައްދުންނެއެވެ.

މަޖީދީމަގު ހުރަސްކޮށް ހެންވޭރު އާރޓިފިޝިއަލް ބީޗު ސަރަހައްދަށް 18:00ގައި ނިންމުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި އިންސާފައްޓަކައި ޓީމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ޤަރާރެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިޤަރާރުގައިވަނީ ކުޑަކުދިންނާއި މެދު ބަދު އަޚުލާގީ އަމަލު ހިންގާމީހުންނަށް އެންމެ އެކަށީގެންވާ އަދަބުދިނުމަށްގޮވާލައި، އިސްލާމީ ޝަރީއާތުގައި ކަނޑައަޅުއްވާފައިވާ މަރުގެ ޙުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށެވެ. އަދި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަށް މުޖުތަމުގައި އުފެދުން މަދުވާނޭގޮތަށް ޤާނޫނުތަށް އިސްލާހުކޮށް ދިވެހިޤައުމުގެ މުސްތަޤުބަލް ކަމުގައިވާ އަދުގެ ކުޑަކުދީން އެބައިމީހުންގެ ކިބައިން ސަލާމަތްކުރުމަށް ކުރަންޖެހޭ އެންމެހާ މަސަައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންގެ ކިބައިން މިޤަރާރުގައި އެދިފައެވެ.

މިހިނގާލުމުގެ މަޤުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އެންމެހާ ޝުއޫރުތަށް މެސެޖުތަކެއްގެ ސިފައިގައި ސުލްހަވެރިކަމާއި އެކު ފާޅުކުރުންވަނީ ހިމެނިފައެވެ. އަދި މި ލާއިންސާނިއްޔަތު ކަމުގެ ވަކިތަކުގެ ދަށުވެ ނިކަމެތިވެފައިވާ އެންމެހާ ފަރާތްތަކަށް އިންސާފު ހޯދުމަށް ވަކާލާތު ކުރުންހިމެނެއެވެ.

ކެންސަރެއްފަދައިން މުޖުތަމުގައި ފެތުރިފައިވާ މިނުބައި ނުލަފާ ވަބާ އެކީއެކަށްޗަކަށް މިޤައުމުން ނައްތާލުމަށް މަސައްކަތް ކުރުމަށްވެސް މި ހަރަކާތުގައި ގޮވާލުމަށްވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ދެކުނުގެ ރަށެއްކަމުގައިވާ ގއ.ވިލިނގިލީގައިވެސް މިހަރަކާތް ކުރިއަށް ދާނެއެވެ.

މިހަރަކާތަކީ ފެށުމެއް ކަމަށާއި މިހަރަކާތުގެ އެންމެ ބޮޑު އެއްބައި އަންނަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. މިއީ ޒުވާނުން އިސްނަގައި، މުޖުތަމައުގެ އެންމެން ބައިވެރިވެގެން ކުރިއަށްގެންދާ، ރައްޔިތުންގެ ހަރަކާތެކެއެވެ. މިހަރަކާތްތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ ކުލައެއްގައި ހިންގޭ ހަރަކާތެއްނޫނެވެ، އަދި ވަކި ސިޔާސީ ބައެއްގެ މަންފާއާއި ލާބައަށް ކުރެވޭކަމެއްވެސް ނުމެ ނޫނެއެވެ. ރައްޔިތުން އެދެނީ މިކަމަށް ހައްލެއްލިބި އިންސާފު ޤާއިމްވުމެވެ. ދިވެހި މުޖުތަމައު، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި އަމާންކަމާއި އެކު ފޯރުކޮށްދިނުމެއެވެ.

މިހަރަކާތާއި ބެހޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އިންސާފަށްޓަކައި ޓީމްގެ އިސްބޭފުޅެއްގެގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވާ ރައްޒާން އާދަމް ( 7899749) ގެ ފަރާތުން ލިބިލައްވާނެ ކަމަށް ޙަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިއަދު އޮންލައިން