ބ. ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރިއުޅުނު ޗައިނާ ފަތުރުވެރިއަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިހާދިސާގައި މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާ ގެނބިގެން ދަރަވަންދޫ ހޮސްޕިޓަލަށް މިއަދު ހަވީރު 15:21 ގެންގޮސްފައިވާ ކަމަށާއި އެފަތުރުވެރިޔާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.