ވެލިގަނޑު ރިސޯޓުގެ މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދީފި

ކިޔުމަށް ހޭދަވާނީ 45ސ
ވެލިގަނޑު ރިސޯޓުގެ މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން  މައުލޫމާތު ދީފި

ކަނޑުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އއ.ވެލިގަނޑު ރިސޯޓުގައި ކަނޑުމަތީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 މި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ވެލިގަނޑު އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ މި  ޕްރޮގްރާމްގައި ކަނޑުއުޅަނދުފަހަރުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަމާ ގުޅޭގޮތުންނާއި، އުޅަނދުފަހަރުގައި ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުންނާ، ކަނޑުއުޅަނދު ބޭނުންކުރުމުގައާއި މީހުންނާއި މުދާ އުފުލުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހެދިފައިވާ ޤާނޫނާއި ޤައިދުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

 އއ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ވެލިގަނޑު އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ 12 މުވައްޒަފުން ބައިވެރިވެފައިވެއެވެ 

މިއަދު އޮންލައިން