ކޮރޯނާ ވައިރަސް ނުފެނުނު ނަމަވެސް ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޮރޯނާ ވައިރަސް ނުފެނުނު ނަމަވެސް ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު!

މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން އަދި ނުފެނުނު ނަމަވެސް ރައްކައުތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ރައްޔިތުން އަޅަމުން ގެންދިއުމަށް ބައެއް ޑޮކްޓަރުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.

އެގޮތުން ކެއުމުގެ ކުރިން ވަރަށް ރަނގަޅަށް އަތްދޮވުމާއި ކާތަކެތި ތާޒާކަންމަތީގައި ބޭނުންކުރުމާއި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ގޮސް ނުއުޅުން ފދަ ކަންކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން ރަނގަޅަށް އަތް ނުދޮވެ އަނގައަށް އަތް ނުލުމާއި ލޮލާއި ނޭފަތް އަދި ކަންފަތް ފަދަ ގުނަވަންތަކުގައި އަތްނުލުމަށްވެސް އިރުޝާދު ދެއްވައެވެ. މީގެ އިތުރުން ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމާއި ބަލިމީހުންނަށް ޒިޔާރަތްކޮށް އުޅުމުގައިވެސް ސަމާލުކަން ދިނުމަށް ލަފާދެއްވައެވެ.

މީގެ އިތުރުން އެއްވެސް ބާވަތެއްގެ ރޯގާއެއް ނުވަތަ ބައްޔެއްގައި އުޅޭނަމަ މީހުން ތެރެއަށް ނުކުމެ ނުއުޅުމަށްވެސް އިރުޝާދު ދެއްވައެވެ.

މިބަލީގައި މިހައިތަނަށް ޗައިނާގައި 56 މީހަކު މަރުވެފައިވާއިރު 1975 މީހަކަށް ބަލި ޖެހިފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ.

މިއަދު އޮންލައިން