ވެލިނަގަން ރ. މަޑުއްވަރިއަށް ދިޔަ ދޯންޏެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ މަދުވަރީ/ސައީދީހިޔާ މުޙައްމަދު ސަޢީދު (52އ.) އެވެ. ފުލުހުން ވިދާޅުވީ ދިވެހި ފިރިހެނަކު މަޑުއްވަރީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 17:12 ހާއިރު ލިބިފައިވާ ކަމަށެވެ.
ސައީދުގެ މަރާއި ގުޅިގެން އާދަޔާ ޚިލާފުކަމެއް ފާހަގަ ކުރެވިފައިވާ ކަމަކަށް ފުލުހުން ވިދާޅެއް ނުވެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
މާތް ﷲ މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި، އާމީން. އަދި މިފަދަ ވަގުތުކޮޅެއްގައި އެއާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި. އާމީން.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ