ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.
މި ބައިސްކަލަކީ 2020 ޖަނަވަރީ 20 ވަނަ ދުވަހުގެ ވަގުތެއްގައި މި ސަރވިސްއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައވާ ބައިސްކަލެކެވެ.
މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާއި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ބައިސްކަލާ ހަވާލުވުމަށް އެދެއެވެ.