ވަރީގެ ނިޞްބަތް ބޮޑުތަނުން އިތުރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ވަރީގެ ނިޞްބަތް ބޮޑުތަނުން އިތުރުވެއްޖެ

ރާއްޖޭގައި 2019 ވަނަ އަހަރު ކުރި ވަރީގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ. 

ޑީޖޭއޭ އިން މިއަދު އާންމުކުރި ވަރި ކައިވެނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ކުރި ވަރީގެ ޖުމުލައަކީ 5117 އެވެ.  އެވްރެޖްކޮށް ދުވާލަކު 14 ވަރިއެވެ. 

2018 ވަނަ އަހަރު ކުރި ވަރީގެ އަދަކީ 3166 އެވެ. ދުވާލަކަށް 9 ވަރިއެވެ. ވީމާ 2019 ވަނަ އަހަރު މިވަނީ ވަރިކުރެވުނު އަދަދު 9 އަކުން 14 އަށް ފުންމައިގެން އަރައިފައެވެ. 

2019 ވަނަ އަހަރު ވަނީ 6509 ކައިވެނިކޮށްފައެވެ. އެއީ އެވްރެޖްކޮށް ދުވާލަކު 17 ކައިވެންޏެވެ. 2018 ވަނަ އަހަރު ކޮށްފައިވަނީ 5290 ކައިވެންޏެވެ.

ވީމާ މިދިއަ އަހަރަށް ބަލައިފިނަމަ ދުވާލަކު 17 ކައިވެންޏެވެ. 14 ވަރިއެވެ. މި ހިސާބުތަކަށް ބަލައިފިނަމަ 17 ކައިވެންޏަކުން ސަލާމަތް އެވެވެނީ އެންމެ 3 ކައިވެންޏަކަށެވެ. މާނައަކީ ކުރެވޭ ކޮންމެ 5 ކައިވެންޏަކުން ސަލާމަތް ކުރެވެނީ ހަމަ އެންމެ ކައިވެންޏެކެވެ.

މިއަދު އޮންލައިން