ގަމުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 29ސ
ގަމުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

 ލ.ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގަމުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މިތަކެތި ހޯދާފައިވަނީ ގަމުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޖަނަވަރީ 26 ވަނަ ދުވަހު 15:59 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ގަމު ޕާކްތެރެ ބަލައިފާސްކޮށެވެ. ޕާކުތެރެ ބަލައިފާސްކުރިއިރު  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅެއް ވަޅުލާފައި އޮއްވާ ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ. 

މިއަދު އޮންލައިން