ސިއްރު ހެކިންގެ ބަސް ނެގި ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން އާދަމް ޝަރީފް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ސިއްރު ހެކިންގެ ބަސް ނެގި ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން އާދަމް ޝަރީފް ގޮވާލައްވައިފި

ޝަރީއަތް ކުރުމުގައި ސިއްރު ހެކިންގެ ހެކިބަސް ކުރިން ނަގާފައިވާ ފަނޑިޔާރުންނާއިމެދު ފިޔަވަޅު އެޅުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެ ފަނޑިޔާރުން އެކަން ކުރައްވާފައިވަނީ ޤާނޫނާއި ޚިލާފަށްކަން އެނގުމުން އެކަމާއިމެދު ފިޔަވަޅު އަޅަން ގޮވާލައްވާ ކަމަށެވެ.

ސިރު ހެކިންގެ ހެކިބަސް ނެގޭނެ ގޮތެއް ޤާނޫނުގައި ނެތް ކަމަށް ކަނޑައަޅާފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިސްތިއްނާފެގެ މައްސަލައިގައި ޢަބްދުﷲ ސަޢީދު މިނިވަންކޮށް ހައިކޯޓުން އިއްވި ޙުކުމުގައެވެ.

ޢަބްދުﷲ ސަޢީދުގެ މައްޗަށް ޙުކުމް އިއްވާފައިވަނީ 3 ސިއްރު ހެކިންގެ ހެކިބަހުގެ މައްޗަށެވެ. މިހާރު ކްރިމިނަލް ކޯޓިުގައި ކުރިއަސް ގެންދާ ބައެއް ޝަރީޢަތްތަކުގައިވެސް ސިއްރު ހެކިންގެ ހެކިބަސް ނަގަމުން ގެންދާތީ ގިނަބއަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން