ކޮންމެ މީހަކީވެސް ދޮންބަންޑާރައިން ފަދައިން އަމިއްލަ އެދުމެއް ނެތި ޤައުމަށް ޚިދުމަތްކުރާ މީހަކަށްވާން ޑރ. އިބްރާހީމް ޙަސަން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮންމެ މީހަކީވެސް ދޮންބަންޑާރައިން ފަދައިން އަމިއްލަ އެދުމެއް ނެތި ޤައުމަށް ޚިދުމަތްކުރާ މީހަކަށްވާން ޑރ. އިބްރާހީމް ޙަސަން ގޮވާލައްވައިފި

ކޮންމެ މީހަކީވެސް ދޮންބަންޑާރައިން ފަދައިން އެއްވެސް އަމިއްލަ އެދުމެއް ނެތި ޤައުމަށް ޚިދުމަތްކުރާ މީހަކަށްވުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ގޮވާލައްވައިފިއެވެ. 

ޑރ. އިބްރާހީމް ޙަސަން މިކަމަށް ގޮވައިލެއްވީ މިއަހަރުގެ ހުރަވީ ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން މިރޭ ތާޖުއްދިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ތާރީޚުން އެނގޭ ފަދައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރައްވަން ދޮންބަންޑާރައިން ކުރިމަތިލެއްވީ އެއްވެސް އަމިއްލަފުޅު އެދުމެއް އޮވެގެނެއް ނޫނެވެ. ހަމައެކަނި ދީނާއި ޤައުމަށްޓަކައެވެ. 

އެކަން އެނގިގެންދަނީ ރާއްޖޭގެ މައްޗަސް ވެރިވެގަނެގެން ތިބި ކަނައްކަފޫޅާއި އޭނާގެ ލަޝްކަރާއި ކުރިމަތިލައްވައި އެމީހުން މަރުއްވައި ރާއްޖެ މިނިވަންކޮށްދެެއްވުމުން ހަދިޔާގެ ގޮތުގައި މާލޭ މީހުން ދިން ފައިސާތައް ބޭނުންފުޅު ނުކުރައްވައި މާލޭގައި ތިބި ފަޤީރުންނަށް ބަހާލަން ވިދާޅުވުމުންނެވެ. އަދި ރާއްޖޭގެ ވެރިކަން ވެދުމަށް އެރުވުމުންވެސް ޤަބޫލުފުޅު ނުކުރެއްވުމުންނެވެ. 

ދޮންބަންޑާރައިން އަވަހާރަވުމުގެ ވަގުތުގައި ވެސް ވަޞިއްޔަތް ކުރެއްވީ އެމަނިކުފާނުގެ ދަރިންނަށް ވެރިކަން ވާރުތަ ނުކޮށް ކުރިން ހުންނެވި ރަސްކަލުންގެ ދަރިފަސްކޮޅަށް ވާރުތަ ކުރުމަށެވެ. މިފަދަ ހުރިހާ ކަމަކުން ވެސް އެނގިގެންދަނީ ދޮންބަންޑާރައިންނަކީ އެއްވެސް އަމިއްލަ އެދުންފުޅެއް އޮވެގެން ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުލެއް ނޫން ކަމެވެ. 

މިއަދު އޮންލައިން