މަސްތުވާތަކެއްޗާއެކު ދިވެހި ފިލްމީތަރި މަލީހާ ވަހީދު (މަލް) ހައްޔަރު ކޮށްފައިވަނިކޮށް، ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ދައުލަތުން މަލް އާއި ދެކޮޅަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯ÷ޓުގައި މާދަމާ ފެށުމަށް ވެސް ވަނީ ތާވަލު ކޮށްފައެވެ.
މިމައްސަލައަކީ މިދިޔަ އަހަރުގެ ތެރޭގައި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާނިގިލީ ޕޮލިސް ސްޓޭޝަނުން ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި، ފުލުހުން މަލް އާއި އިތުރު އަންހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މައްސަލައެވެ.
މާލޭން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.
އޭގެ ފަހުން އިތުރު މައްސަލައެއްގައި ވެސް ފިލްމީ ތަރި މަލް ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފަ އެވެ.