ވެލިދޫން މަސްތުވާތަކެއްޗާއެކު ކުއްޖަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 31ސ
ވެލިދޫން މަސްތުވާތަކެއްޗާއެކު ކުއްޖަކު ހައްޔަރުކޮށްފި

 ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ވެލިދޫން ހައްޔަރުކޮށްފިއެވެ.

އެކުއްޖާ ހައްޔަރު ކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި އެރަށު މަގުމަތިިން އެކުއްޖާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން