ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން: އެހެން މީހުންގެ ދުޢާއިން ޝިފާ ލިބެން މަޑުނުކޮށް ކޮންމެ މީހަކީވެސް ދުޢާކުރާ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން: އެހެން މީހުންގެ ދުޢާއިން ޝިފާ ލިބެން މަޑުނުކޮށް ކޮންމެ މީހަކީވެސް ދުޢާކުރާ މީހަކަށްވާށެވެ!

ކޮރޯނާ ވައިރަސް ބަލި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު މާލެއިން ފެނުނުކަން ދެންމެ ސަރުކާރުން އެވަނީ އިއުލާނުކޮށްފައެވެ. ޞިއްހީ ގޮތުން އަޅަން ޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދަން އެވަނީ އިލްތިމާސްކޮށްފައެވެ. 

މިފަދަ ވަގުތަކު އެންމެ މުހިންމީ ދުޢާ ކުރުމެވެ. ބަލިތަކާ މުޞީބާތްތަކުން ރައްކަތެރިކޮށްދޭނީ އަޅާ ރައްކައުތެރިކަމުގެ ފިޔަވަޅުތަކެއް ނޫނެވެ. ހުރިހާ ވެސް ރައްކައުތެރިކަމެއް ލިބުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. 

ވީމާ ކޮންމެ މީހަކުވެސް އަމިއްލައަށްވެސް ވީހައި ގިނައިން ދުޢާކުރާށެވެ! މިސްކިތްތަކަށް ޖަމާޢަތަށް ނަމާދަށް ގޮސް ޤުނޫތުގައި ބައިވެރިވާށެވެ! ވާރޭ ނުވެހި ލަސްވެގެން އިސްތިސްޤާ ނަމާދުކުރަން ތިއްބައި، ނަމާދު ނުވެސް ނިމެނީސް ފެން ދެއްވެވީ ހަމަ އިހަށް ދުވަހުއެވެ. ނަމާދަށް ފެށިއިރު އުޑުން ވިއްސާރަވިލާކޮޅެއް ފެންނަންވެސް ނެތްކަން ފާހަގަކުރެވެއެވެ. 

ބެލެނިވެރިންނޭވެ! ދަރިން ސްކޫލަށް ގެންދިއަ ނަމަވެސް އިތުރު ހަރަކާތްތަކަށް ނުގެންދާށެވެ! ސްޓޭޑިއަމަށާއި ފަތާ ޓްރެކް ފަދަ ތަންތަނަށް ގެންދިއުން އިހަށް މަޑުޖައްސައިލާށެވެ! ވީހައި ގިނަ ވަގުތު ގޭތެރޭގައި ބައިތިއްބަން މަސައްކަތްކުރާށެވެ! 

ފަތިސް ނަމާދުން ދުވަސް ފަށާ މީހާ ވަނީ މާތް ﷲގެ ރައްކައުތެރިކަމުގައެވެ. ތިމާމެންނާއި ތިމާމެންގެ އަނބިދަރިންނަކީ ފަތިސް ނަމާދުން ދުވަސްފަށާ ބައަކަށްބައަކަށްވެ މާތް ﷲ ގެ ރައްކައުތެރިކަން ލިބިގަންނާށެވެ! 

ޝައްކު ކުރެވުނު މީހާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރާށެވެ! ބަލި ނުފެތުރުމަށް އެދިވެސް ދުޢާކުރާށެވެ!

މިއަދު އޮންލައިން