އެކަހެރިކުރި މީހާގެ ޙާލު ރަނގަޅު! ބަލީގެ އެއްވެސް ޢަލާމާތެއް ނެތް! އެކަހެރިކުރީ ހަމައެކަނި ޗައިނާގެ މީޓް މާކެޓަކަށް ގޮސްފަވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެކަހެރިކުރި މީހާގެ ޙާލު ރަނގަޅު! ބަލީގެ އެއްވެސް ޢަލާމާތެއް ނެތް! އެކަހެރިކުރީ ހަމައެކަނި ޗައިނާގެ މީޓް މާކެޓަކަށް ގޮސްފަވާތީ!

ޗައިނާއިން ރާއްޖެ އައި ޒުވާނަކު މިހާރު ފުނަދޫގައި އެކަހެރިކޮށްފައިވާ ކަމަށާއި އޭނާގެ ޙާލު ރަނގަޅު ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީނެ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އޭނާ އެކަހެރިކުރީ ހަމައެކަނި ކަނޑައެޅިފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ މީޓް މާކެޓަކަށް ޒިޔާރަތްކޮށްފައިވުމުން ކަމަށެވެ. އަދި އޭނާގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއްވެސް ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާ އަކީ 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އޭނާ އިތުރަށް ޓެސްޓްކުރަން ބޭނުންވީ މީޓްމާކެޓަށް ގޮސްފައިވުމުން ކަމަށެވެ.  

އަމީން ވިދާޅުވީ ރާއްޖެ އެތެރެވިއިރުވެސް އަދި ރޯގާ ޖެހިފަވާތީ ޑޮކްޓަރަށް ދައްކައިގެން ކުރި ޓެސްޓްތަކުންވެސް އޭނާއަށް ހުންޖެހިފައިވާ ކަމުގެ އެއްވެސް ޢަލާމާތެއް ނެތް ކަމަށެވެ. ނަމަވެސް މީޓްމާކެޓަށް ގޮސްފައިވުމުން އޭނާގެ ސާމްޕަލް ޓެސްޓްކުރަން ޑަބްލިޔޫއެޗްއޯ މެދުވެރިކޮށް ފޮނުވުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.  

އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ޑޮކްޓަރ ޒިޔާން ވިދާޅުވީ އޭނާގެ ޗެސްޓްވެސް އެކްސްރޭ ވެސް ނޯމަލް ކަމަށެވެ. "އޭނާއަކީ ހަމައެކަނި އަރިދަފުސް ރޯގާހުރި މީހެއް! އިތުރު އެއްވެސް ކަންޑިޝަނެއް ސީރިއަސްއެއް ނޫން. އެހެން ޙާލަތެއްގައި ނަމަ އޭނާއަކީ ހަމަ ގޭގައި ހުރެގެން ފަރުވާ ދެވޭނެ މީހެއް. އޭނާ ގެއަށް ދިއަ ގޮތަށް އެއްޗެތި ބާލައިގެން ކޮޓަރިތެރޭގަ އުޅެފަ ހުރީ. އިތުރު ބައަކާ ކޮންޓެކްޓްވެފައެއް ނެތް." ކަމަށެވެ.  

އަމީން ވިދާޅުވީ އޭނާ އުޅުނު ޕްރޮވިންސުން މި ބައްޔަށް އަދި މިހައިތަނަށް ޝައްކުކުރެވިފައިވަނީ 101 މީހަކު ކަމަށާއި އެއްވެސް މީހަކު މަރުވެފައިވެސް ނުވާ ކަމަށެވެ.  

ނޫސްވެރިންގެ ބައްދަލުވުމުގެ އޯޑިއޯ:

މިއަދު އޮންލައިން