މިއަހަރުވެސް ރޯދަމަހަށް އަމާޒުކޮށްގެން، ފައިސާގެ އިނާމްތަކަކާއި އަގުހުރި އެތައް އިނާމްތަކެއް ލިބޭ ރެޑްވޭވްގެ ރޯދަސޭލް މިއަދުވަނީ ފަށާފައެވެ. މިޕްރޮމޯޝަން މިއަދުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިފަހަރުގެ ސޭލް މިދިޔަ އަހަރަށްވުރެ ބޮޑުވެފައި ފުރިހަމައެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާއިރު އިތުރު 5 ނަސީބުވެރި ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ. އަދިވެސް ގުރުއަތުން ހޮވޭ 1 ފަރާތަކަށް 75 އިންޗީގެ ޓީވީއެއް، 5 ފަރާތަކަށް 55 އިންޗީގެ ޓީވީ އަދި 10 ފަރާތަކަށް 49 އިންޗީ ޓީވީ ލިބިގެންދާނެއެވެ. މީގެ އިތުރުންވެސް ސޯފާސެޓާއި އަގުހުރި އެތައް އިނާމްއެއް ހިމެނޭގޮތަށް އިތުރު 10 ފަރާތެއް މިއަހަރުގެ ރޯދަސޭލްގައި ހިމެނިގެންދާނެއެވެ.
ކުރައްވާ ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާ ރެޑްވޭވް ރޯދަ ސޭލް ކުންފުނީގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެއެވެ. އަދި ކަނޑައެޅިފައިވާ އައިޓަމްސްތަކުން ބޮޑެތި ޑިސްކައުންޓް ލިބި، ޕްރޮމޯޝަންގެ ތެރެއިން ވަރަށް ގިނަ ޕްރޮޑަކްޓް ތަކެއްވެސް ތައާރަފްކުރެވިގެންދާނެއެވެ. އަދި މިގޮތަށް ތައާރަފްކުރެވޭ ރޯދައާއި ގުޅޭ އައިޓަމްސް ތަކަކީ އަގުހެޔޮ އަދި ކަސްޓަމަރުން ގަޔާވާނެ އައިޓަމްސްތަކެއްކަމުގައި ރެޑްވޭވްއިންވަނީ ޔަޤީންކަން ދީފައިވެއެވެ.