ޗައިނާގެ މީޓް މާރުކޭޓަށް ދިއުމުން, ކަރަންޓީނުކުރި މީހާ އަމަލުކުރި ގޮތަށް ޑޮކްޓަރުންގެ ތަޢްރީފް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޗައިނާގެ މީޓް މާރުކޭޓަށް ދިއުމުން, ކަރަންޓީނުކުރި މީހާ އަމަލުކުރި ގޮތަށް ޑޮކްޓަރުންގެ ތަޢްރީފް!

ޗައިނާގެ މީޓް މާރކެތަކަށް ދިއުމުން ކަރަންޓީނުކޮށްފައިވާ 20 އަހަރުގެ ޒުވާނާ އަމަލުކޮށްފައިވާ ގޮތަށް ޑޮކްޓަރުން ތައުރީފްކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ހިނގާފައި ދިއައީ ވެސް ޓެކްސީއަކަށް އެރުމުން ވެސް އެހެން މީހަކަށް އަސަރުކޮށްފާނެތީ ކަމަށެވެ. އަދި ހޮސްޕިޓަލަށް ދިއަ މަގުމަތީގައިވެސް އެއްވެސް މީހަކާއި މުޢާމަލާތުކޮށްފައި ނުވާ ކަމަށެވެ.

އޭނާ ރާއްޖެ އައިސް ގެއަށް ގޮސް ގޭގައި ހުރި ޞިއްޙީ މައުލޫމާތު އެނގޭ މީހަކަށް އޭނާގެ ދަތުރުގެ ވާހަކަ ކިޔައިދީ އަދި އޭނާއަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަމަށް ބުނުމުން އޭނާއަށް ދިން އިރުޝާދާއި އެއްގޮތަށް އަނެއް ދުވަހު ޑޮކްޓަރަށް ދެވެންދެން އޭނާ މަޑުކޮށްފައިވަނީ ކޮޓަރީގައި އެކަންޏެވެ.

އެހެންކަމަށްވުމުން އެހެން ބައަކަށް އޭނާގެ ގައިން ބަލި އެރުމުގެ ފުރުޞަތު ވަރަށް ކުޑަކަން ހެލްތް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން