ކޮރޯނާ ވައިރަސް ޖެހުނު ނަމަވެސް ޙާލުބޮޑުވަނީ ވަރަށް މަދު މީހެއް!: ޑޮކްޓަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޮރޯނާ ވައިރަސް ޖެހުނު ނަމަވެސް ޙާލުބޮޑުވަނީ ވަރަށް މަދު މީހެއް!: ޑޮކްޓަރުން

މިހާރު ދުނިޔެއަށް ފެތުރެމުން މިދާ ކޮރޯނާ ވައިރަސް ބަލި ޖެހުނު ނަމަވެސް ސީރިއަސް ޙާލަތަށް ދަނީ ވަރަށް މަދު މީހެއް ކަމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ކޮންސަލްޓަންޓް ޑޮކްޓަރު މޫސާ ޙުސައިން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރު މޫސާ ޙުސައިން ވިދާޅުވީ ބަލީގައި ސީރިއަސްވަނީ ނިޔުމޯނިއާ ފަދަ ނުރައްކާތެރި ޙާލަތަކަށް މީހާ ދިއުމުން ކަމަށާއި އެ ޙާލަތަށް ދަނީ ވަރަށް މަދު މީހަކު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވަނީ އަރިދަފުސް ރޯގާ ޖެހިފައިވާ މީހަކު ގެއިން ބޭރަށް ނުކުންނަނަމަ މާސްކް އެޅުމަށާއި އަރިދަފުސް ރޯގާ ފަދަ އެއްޗެއް ޓިޝޫއަށް ފޮޅުމަސްފަހު ޖީބަށް ލުމުގެ ބަދަލުގައި ވަގުތުން ނައްތައިލުމާއި ވީހައި ގިނައިން ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަން ކުރުމަށް އިރުޝާދު ދެއްވައިފައެވެ.

"މަގުމައްޗަށް ކުޅުޖެހުމަކީ އެއްވެސް އިރެއްގައި ކޮށްގެން ވާނެ ކަމެއް ނޫން. މިއީ އެކަން މުޅިން ހައްޓައިލަންވީ ވަގުތު." ކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

މިއަދު އޮންލައިން