މާލެއަކީ އެންމެންނަށް އަމާން، ރައްކާތެރި ހިތްފަސޭހަ ތަނަކަށް ހެދޭން: އަނަސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މާލެއަކީ އެންމެންނަށް އަމާން، ރައްކާތެރި ހިތްފަސޭހަ ތަނަކަށް ހެދޭން: އަނަސް

"އިރާދަކުރެއްވިއްޔާ މާލެއަކީ އަޅުގަނޑުމެން އެންމެންނަށް އަމާން، ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދޭނެ" ކަމަށް އެމްޑީޕީ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ. 

އަނަސް ޢަބްދުއްސައްތާރު މިމޭރުމުން ވިދާޅުވެފައިވަނީ އޭނާއަށް ވޯޓުދިން އެންމެންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓުގައެވެ. 

ކުރިއަސް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރައްވައި މާލެ ސިޓީގެ މޭޔަރުކަން ހޯއްދަވާނެ ކަމަށް ބެލެވޭ އަނަސް ޢަބްދުއްސައްތާރަކީ މިހާރުވެސް އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްއެވެ. އަނަސް އާއިއެކު މާލެ ސިޓީ ކައުންސިލްގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބައަކު އުންމީދުކުރެއެވެ.

މިއަދު އޮންލައިން