ރާއްޖޭގެ މުރަކަތަކުގެ ރީތިކަން ދައްކުވައިދޭ "ދަ ވައިޓް ފަޔަރ" މައުރަޒު ޖުމެއިރާގަ ހުޅުވައިފި!

ކިޔުމަށް ހޭދަވާނީ 37ސ
ރާއްޖޭގެ މުރަކަތަކުގެ ރީތިކަން ދައްކުވައިދޭ "ދަ ވައިޓް ފަޔަރ" މައުރަޒު ޖުމެއިރާގަ ހުޅުވައިފި!

ރާއްޖޭގެ ފަޅުތަކުގައި އުފެދިފައިވާ މުރަކަތަކުގެ ރީތިކަން ދައްކުވައިދޭ މައުރަޒެއް ކަމުގައިވާ "ދަ ވައިޓް ފަޔަރ އެގްޒިބިޝަން" ޖުމެއިރާ ވިޓަވެލި ރިސޯޓުގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު އެރިސޯޓުގައި އޮތް މިޚަފްލާ ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

އާޓިފިޝަލް މުރަކަތަކަކުން ޒީނަތްތެރި ކޮށްފައިވާ މިރީތި މައުރަޒަކީ 15 ދުވަހަށް ހުޅުވިފައި ހުންނާނެ މައުރަޒެކެވެ. މިއީ މައްޝޫރު ފޮޓޯގްރާފަރެއް ކަމުގައިވާ އަޒްމީލްގެ ދުރުވިސްނުމުގެ ތެރެއިން އޭނާ އިސްނަގައިގެން ހިންގި މަޝްރޫޢު އެކެވެ. 

މިއަދުގެ މިޚަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިފަދަ މައުރަޒެއްގެ ސަބަބުން އަޅުގަނޑުމެންގެ ރީތިފަޅުތަކާއި ފަރުތައް ހިމާޔަތް ކުރުމަށް ބޮޑަށް ވިސްނޭނެ ކަމަށެވެ.

މިއަދު އޮންލައިން