ގެއެއްގެ ބެލްކަނީ ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 31ސ
ގެއެއްގެ ބެލްކަނީ ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެ!

މާލޭއިން ގެއެއްގެ ބެލްކަނީ ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

         

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެންވޭރު ވައިޖެހޭ މަގުގައިހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނީ ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 11:11 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަަމަށެވެ.

މިހާދިސާގައި އަނިޔާވި ދެ ބިދޭސީން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި އެ ދެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިއަދު އޮންލައިން