ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސަރުކާރުގެ އިދާރާތަކަށް އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސަރުކާރުގެ އިދާރާތަކަށް އަންގައިފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ސަރުކާރުގެ އިދާރާތަކަށް އަންގައިފިއެވެ. 

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ ޚަރަދުތައް ކުޑަކުރަން ސަރުކާރުން ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ އިޤްޠިޞާދަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ބަލައިގެން ކަމަށެވެ. 

މި ފިޔަވަޅާއި ގުޅިގެން ސަރުކާރުން މިހާރު ރައްޔިތުންނަށްޓަކައި ހިންގަމުން ގެންދާ މަޝްރޫޢުތަކަށް މަޑުޖެހުމެއް އަންނާނެ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. "އެންމެންވެސް ބޭނުންވާނެ ހުރިހާ މަޝްރޫޢުތައްވެސް ވީހައި ބާރަށް ކުރިއަށް ގެންދަން. ނަމަވެސް މިޙާލަތާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް ސަރުކާރުން މިއެޅީ!"

މިއަދު އޮންލައިން