ހައިސެންސް ޓީވީ މިހާރު ރެޑްވޭވުން ވިއްކަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހައިސެންސް ޓީވީ މިހާރު ރެޑްވޭވުން ވިއްކަން ފަށައިފި!

2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރ، 2016 ވަނައަހަރު އަދި ކުރިއަށްއޮތް 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ ބްރޭންޑް "ހައިސެންސް" ގެ ޓީވީ ރެޑްވޭވްއިން ވިއްކަން ފަށައިފިއެވެ. 

ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ރެޑްވޭވްއަކީ ހައިސެންސް ޓީވީގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރެވެ. 

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފައިވަނީ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނެއެވެ. އެގޮތުން "32، "50، "65، "75 އަދި "100 އިންޗީގެ ހައިސެންސް ޓީވީ ރެޑްވޭވުން ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްމޮޑަލް އަކީ "100 އިންޗީގެ ހައިސެންސް ލޭޒާރ ޓީވީއެވެ. މިޓީވީ އަކީ 8.3 މިލިއަން ޕިކްސެލް ހިމެނޭ، 4ކޭ ޔޫ.އެޗް.ޑީގެ ސާފު މަންޒަރު މީންދުވަހަކު ޓީވީއަކުން ނުފެންނަފަދަ މޮޅުކޮލިޓީގައި ދައްކާލުމުގެ ޤާބިލްކަންލިބިފައިވާ ޓީވީއެކެވެ. މީގެ އިތުރުން، އަދި އިތުރު މޮޑެލްގެ ހައިސެންސް ޓީވީވެސް ތައާރަފްކުރެވިގެންދާނެ ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. 

ހައިސެންސް ޓީވީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ 1 އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. ހައިސެންސު ޓީވީ ރެޑްވޭވް ސިޓީ ސްކެއަރ، ރެޑްވޭވް ލިވިންގް، އަދި ރެޑްވޭވް އިލެކްޓްރޯނިކްސް އިން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން