ކޮރޯނާ ވައިރަސް އާ ބެހޭ މައުލޫމާތު އެނގެނީ ކިހާ ވަރަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮރޯނާ ވައިރަސް އާ ބެހޭ މައުލޫމާތު އެނގެނީ ކިހާ ވަރަކަށް؟

ޗައިނާގެ ވީހަން ސިޓީގެ މާރުކޭޓަކުން ފެނުނު ކޮރޯނާ ވައިރަސް މިއަދު މިވަނީ މުޅި ދުނިޔެ ސިއްސުވާލައިފައެވެ. މުޅި ދުނިޔޭގެ ކަންބޮޑުވުމަކަށްވެސް ވެފައެވެ.

ކޮރޯނާ ވައިރަސްގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ނަމަވެސް އިންސާނުންގއ ގައިން ގައަށް އަރަނީ ވަރަށް މަދުވައްތަރެކެވެ. ވޫހަން ސިޓީން ފެނިގެން މިއުޅެނީ މުޅިން އަލަށް ފެނުނު މިފަދަ ވައްތަރެކެވެ.

ސައުދިޢަރަބިޔާ އިން ވެސް ވަނީ ކޮރޯނާ ވައިރަސްގެ ވައްތަރެއް ފެނިފައެވެ. އަދި ބަލި ފެނުނުފަހުން އަހަރތަކެއް ފާއިތުވީއިރުވެސް ބަލި އެކުގައި ނައްތައިލެވުނުކަން ޔަޤީންކުރެވޭނެ ގޮތެއް ނެތެވެ. 2012 ވަނަ އަހަރު މިބަލި ފެނުނު ފަހުން ދޭތެރެ ދޭތެރެއިން އަންނަނީ ބަލި ފެނި އިތުރު މީހުންނަށް ޖެހެމުންނެވެ. މި ބަލީގައި މިހައި ތަނަށް ސައުދިޢަރަބިޔާއިން ވަނީ 850 އަސްވުރެ ގިނަ މީހުންނަށް މަރުވެފައެވެ.

ކޮރޮނާ ވައިރަސް ޖެހިއްޖެ ނަމަ ފާހަގަކުރެވޭ 3 އަލާމާތަކީ ކެއސުމާ، ހުން އައުން އަދި ނޭވާލާން އުނދަގޫވުމެވެ. ފަރުވާ ނުލިބި ސީރިއަސް ޙާލަތަށް ހިނގައްޖެ ނަމަ ނިޔުމޯނިއާ ޖެހުން ކިޑްނީ ފޭލްވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

 

މިއަދާއި ހަމައަށްވެސް ކޮރޯނާ ވައިރަސްއަސް ޚާޞް ބޭހެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް މިޢަލާމާތްތަކަށް ދޭނެ ފަރުވާ ހުރުމުން ދަނީ ފަރުވާކުރަމުންނެވެ. ބަލި ޖެހޭ ގިނަބައަކަށް ދަނީ ބަލިފަސޭހަވަމުންނެވެ.

ޚަބަރުގައި އެވަނީ ވޫހާން ކޮރޯނާ ވައިރަސް އާއި ބެހޭ އެންމެ ފަހުގެ ހޯދުންތަކާއި ބެހޭ މައުލޫމާތު ހޮމނައިން މިއަދު ހެދުނު ނެރެ ޢާންމުކޮށްފައިވާ ވީޑިއޯއެކެވެ.

މިއަދު އޮންލައިން