ކޮރޯނާ ވައިރަސްގެ ސަބަބުން ނުތަނަވަސްކަން އުފެދި ވޭންތަކެއް އުފުލަން ޖެހުނު ނަމަވެސް ދެ ޤަމުގެ ރައްޔިތުންގެ ހިތްތައް ވަނީ ގުޅި ލާމެހިފައި ކަމަށާއި ޝައިނާ އާއި ރާއްޖެ ގުޅިގެން ކުރާ މަސައްކަތުން ކާމިޔާބުކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒޯންގ ވިދާޅުވެއްޖެއެވެ.
ސަފީރުގެ މި ބަސްފުޅާއިއެކު ޓްވީޓް ކުރައްވާފައިވަނީ ދިވެހިންގެ ބައަކު ވޫހާން ސިޓީ އަށް ހިތްވަރުދީ ބުނެފައިވާ ބަސްތަކެކެވެ. "ވޫހާން ވަނީ އެކަންޏެއް ނޫން! އަހަރެމެންވެސް މިތިބީ ހަމަ ވޫހާން އާއިއެކު! ހިތްވަރާއިއެކު ސާބިތުވޭ!" ފަދަ ބަސްތައް ބަސްތައް ދިވެހިން ބުނެފައިވާ ވީޑިއޯ އެކެވެ.
ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން ޜާއްޖެ އަންނަން ބޭނުންވި 7 ދިވެހިން އިއްޔެ ވަނީ އިންޑިއާއަށް ގެނެސް ކަރަންޓީނުކޮށްފައެވެ. 2 ދިވެހިން އަންނަން ބޭނުން ނުވީއެވެ. އެމީހުން ރާއްޖެ ނައިސް ޗައިނާގައި މަޑުކުރަން ބޭނުންވީ މިދިއަ ހުކުރު ދުވަހުގެ ޚިޠުބާގައި ކިޔާފަދައިން ރަސޫލް (ޞޢވ) ގެ ސުންނަތަށް ޢަމަލުކުރަން ކަމުގައިވާނަމަ އެ 2 މީހުން ދައްކާފަި އެވަނީ ވަރަށް ފުރިހަމަ ނަމޫނާއެކެވެ.