ފްލައިމީއިން މިމަހު ދެ ޗާޓާ ފްލައިޓް ހަނިމާދޫއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ފްލައިމީއިން މިމަހު ދެ ޗާޓާ ފްލައިޓް ހަނިމާދޫއަށް!

ފްލައިމީ އިން މިމަހު ހަނިމާދޫއަށް ދެ ޗާޓާ ފްލައިޓް ބާއްވަން ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން ފްލައިމީން ބުނެފައިވަނީ މިދެ ފްލައިޓް ބާއްވަން ހަމަ ޖައްސާފައިވަނީ މި މަހުގެ 16 ވަނަ ދުވަހާއި 22 ވަނަ ދުވަހުކަމަށެވެ.

ޚާއްސަ އަގުތަކެއްގައި ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 16 ވަނަ ދުވަހު ފްލައިމީ ފްލައިޓް މާލެއިން ފުރުމަށް ސެޑިއުލް ކޮށްފައިވަނީ އެދުވަހުގެ ހެނދުނު 9:30 ގައެވެ. އެ ފްލައިޓް ހަނިމާދޫއިން ފުރާނީ ހެނދުނު 11:00 ގައި ކަމަށާއި 22 ވަނަ ދުވަހު ފްލައިމީ މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 17:35 ގައެވެ.

އެ ފްލައިޓް ހަނިމާދޫއިން ފުރުމަށް ސެޑިއުލް ކޮށްފައިވަނީ އެރޭ 19:00 ގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މާލެ، ހަނިމާދޫ އެއްކޮޅަށް 955ރ. ނަގާއިރު މިދެ ދުވަހުގެ ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ދަނީ ޓިކެޓް ވިއްކަމުންނެވެ. 

 

 

މިއަދު އޮންލައިން