ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިނގުރައިދޫ ސްކޫލު ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް ފުލުހުންގެ ދަޢުރާއި ޒިންމާއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ނަގައިދީފިއެވެ.
މި ފެބްރުއަރީ 2 ދުވަހު އިނގުރައިދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ އިނގުރައިދޫ ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލުގެ ގްރޭޑް ހައެއްގެ ދަރިވަރުންނަށް ނަގައިދީފައިވާ ސެޝަނެކެވެ. މި ސެޝަނުގައި ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ފުލުހުންގެ ޑިއުޓީތަކުގައި ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ފުލުހުންގެ މަސްޢޫލިއްޔަތުތަކާއި ފުލުހުންގެ ޒިންމާތަކަކަކީ ކޮބައިކަމުގެ އިތުރުން ކުށްމަދު އަމާން މުޖަތަމަޢެއް ކަށަވަރު ކޮށްދިނުމަށް ފުލުހުން އަދާކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް ބުނެދީފައިވެއެވެ. މި ސެޝަނުގައި ރ.އިނގުރައިދޫ ސްކޫލުގެ ގްރޭޑް ހައެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ 30 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ސެޝަން ނަގައިދީފައިވަނީ ރ.އިނގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.