ޖިންސީ ގޯނާކުރުން ޢާންމުވަމުން ދިއުމުގަ ސަރުކާރުގެ އިހްމާލް ވަރަށް ބޮޑު: މެންބަރު ޢަބްދުﷲ ސަނީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޖިންސީ ގޯނާކުރުން ޢާންމުވަމުން ދިއުމުގަ ސަރުކާރުގެ އިހްމާލް ވަރަށް ބޮޑު: މެންބަރު ޢަބްދުﷲ ސަނީފް

ރާއްޖޭގައި ކުޑުދިންނަށާއި ބޮޑެތި މީހުންނަށް ޖިންސީ ގޯނާކުރުން ޢާންމުވަމުން ދިއުމުގައި ސަރުކާރުގެ އިހްމާލް ވަރަށް ބޮޑުކަން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ފާހަގަކުރައްވައިފިއެވެ.


މަޖިލީހުގައި ޢަބްދުﷲ ސަނީފް ވިދާޅުވީ ރާއްޖޭގައި އެއްވެސް ދަތިކަމެއް ނެތި ބަރަހަނާ ސައިޓުތަކަށް ވަދެވޭ ގޮތަށް އިންޓަރނެޓުގެ ޚިދުމަތް ދެމުން ގެންދާކަން އެއީ މިބާވަތުގެ ޢަމަލުތައް ޢާންމުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.


ސަނީފް ވަނީ މުޅި މުޖުތަމައު ކަރާބުވަމުންދާއިރު މިކަންކަން ބަލަން ތިބި ޓެލެކޮމް އޮތޯރިޓީ (ޓޭމް) ފަދަ އިދާރާތަކާ މިނިސްޓްރީތަކުގެ ޒިންމާ ކޮބައިތޯ ސުވާލުކުރައްވައިފައެވެ.


ރާއްޖޭގައި އިންޓަރނެޓުގެ ޚިދުމަތް ދޭން ފެށީންސުރެ ދިނީ ޢުލްމުވެރިން ގެންދަވަނީ މި މައްސަލަ ފާހަގަކުރައްވަމުންނެވެ. މައްސަލަ އިތުރުވަމުން ގޮސް ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އިންޓަރނެޓް ބޭނުންކުރާ ނިޞްބަތުގެ 70 އިންސައްތަ މިހާރު ބޭނުން ކުރެވެނީ މުސްލިމުން ބެލުން ހުއްދަ ނޫން މަންޒަރުތައް ބެލުމަށެވެ.


މިހާލަތަށް މިކަން ގޮސް މުޅި މުޖުތަމައުއަށް ވަބާއަކަށް ވެގެންދިއައިރުވެސް މި ބޮޑު މައްސަލައަށް ޙައްލެއް ހޯދަން އެއްވެސް ސަރުކާރަކުން މިއަދާއި ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.


ސަނީފްގެ ވާހަކަފުޅުގެ މުހިންމުކަން ފާހަގަކުރައްވައި މިއަދުނޫހަށް މައުލޫމާތު ޙިއްބާކޮށްދެއްވީ ޝައިޚް ޢަބްދުﷲ ޝަފީޢު އެވެ.


ގުޅުންހުރި ސަނީފްގެ ވާހަކަފުޅު (ވީޑިއޯ): https://www.facebook.com/watch/?v=1251546161718350

މިއަދު އޮންލައިން