މޫނު ނިވާކޮށްގެން ތިބި ބަޔަކު އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ފުލުހުން ބަލަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
މޫނު ނިވާކޮށްގެން ތިބި ބަޔަކު އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ފުލުހުން ބަލަނީ

ހުޅުމާލޭގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން އެހަމަލާގެ ޒިންމާ ނަގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ފުލުހުންބަލަންފަށައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އެ މާރާމާރީގެ ތަަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އަދި މާރާމާރީއާ ގުޅިގެން އެކަމުގެ ޒިންމާ ނަގާ އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަންވެސް ބަލަމުންދާ ކަމަށެވެ.

ހުޅުމާލޭގައި ރޭ ހިނގި މާރާމާރީގައި ވަނީ ތިން ފަތުރުވެރިއަކު ޒަހަމްކޮށްލައިފައެވެ. ޒަހަމްމި ފަތުރުވެެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.

 

މިއަދު އޮންލައިން