ސީއައިޕީ ޢަބްދުއްޞަމަދު އިސްމާޢީލް 40 އަހަރަށްފަހު ރިޓޔަރ ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ސީއައިޕީ ޢަބްދުއްޞަމަދު އިސްމާޢީލް 40 އަހަރަށްފަހު ރިޓޔަރ ކުރައްވައިފި

ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްޞަމަދު އިސްމާޢީލް 40 އަހަރަށްފަހު ފުލުހުންގެ ޚިދުމަތުން ޝަރަފްވެރިކަމާއިއެކު ރިޓަޔަރކުރައްވައިފިއެވެ. 

ޢަބްދުއްޞަމަދު އިސްމާޢީލް އަކީ ފުލުހުންނަށް ހުރިހާ ބާރުތަކެއް ލިބިގެން ތަޙްޤީޤް ހިންގައި މީހުންނާއިމެދު ފިޔަވަޅު އަޅަމުން ގެންދިއަ ފުލުހުންގެ ރަން ޒަމާނުގައިވެސް ތަޙްޤީޤް ކުރެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލެކެވެ. ވައްކަމުގެ މައްސަލަތައް ތަޙްޤީޤް ކުރެއްވުމުގައި ވެސް ދިގު މުއަދަތެއްގައި ޚިދުމަތްކުރެއްވި ބޭކަލެކެވެ. 

އެހެންކަމާއިއެކުވެސް ޢަބްދުއްޞަމަދުގެ މައްޗަށް ބުރަބަހެއް އަޑުއިވުން އެއީ އެއިރުވެސް ވަރަށް ނާދިރުކަމެކެވެ. އެއިރަކު އޮންނަ ޤަވާއިދާއި އުޞުލުތަކުގެ ތެރެއިން ކަންކަން ނިންމެވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ބޭކަލެކެވެ. 

ޢަބްދުއްޞަމަދު ރިޓަޔަރ ކުރެއްވުމުން ފުލުހުންގެ މުއައްސަސާއިން އޭނާގެ ޚިދުމަތް ވަނީ ޖަވާހިރެއްގެ ގޮތުގައި ބަލައިގަނެ ވަރަށް ބޮޑަށް ތަޢްރީފްކޮށްފައެވެ. 

 

މިއަދު އޮންލައިން