ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މެހެން ވިދާޅުވެފައިވަނީ ރޭ ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށާއި ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާކޮށް ގޮންޖެހުމުގެ ފުުރުސަތު މާތްﷲގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދޭނެކަމަށެވެ.
ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ދިން ހަމަލާގެ ޒިންމާ ނަގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ވީޑިއޯއެއް ސޯސަލްމީޑިއާގައި އާންމުކޮށްފައެވެ.