ޓެރަރިޒަމްގެ ޢަމަލު ހިންގާނެކަމަށް ބުނެ، އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލްމީޑިއާގައި ޝެއާކޮށް ލައިކު ދޭތަންފެނިވަޑައިގަންނަވާ ކަމަށާއި އެފަދަ ކޮންޓެންޓު ޝެއާކުރުމާއި، ލައިކު ދިނުމަކީ. ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ޓެރަރިޒަމަށް ވާގިވެރިވެ، ހިތްވަރުދިނުމުގެ ޢަމަލެއް ކަމަށާއި އަދި އެއީ ޤާނޫނުގައިބޮޑު އަދަބެއް ކަނޑެއެޅިފައިވާ ކުށެއް ކަމަށް ކުޜީގެ އުއްތަމަ ފަނޑިޔާރު އަހްމްދު ފާއިޒް ވިދާޅުވެއްޖެއެވެ.
ތިރީގައި މިވަނީ އެމަނިކުފާނު މިކަން ބަޔާން ކުރައްވައި ފޭސްބުކްގައި ޢާންމު ކުރައްވާފައިވާ ޕޯސްޓެވެ!
"ޓެރަރިޒަމްގެ ޢަމަލު ހިންގާނެކަމަށް ބުނެ، އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލްމީޑިއާގައި ޝެއާކޮށް ލައިކު ދޭތަންފެނެއެވެ.
އެފަދަ ކޮންޓެންޓު ޝެއާކުރުމާއި، ލައިކު ދިނުމަކީ. ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ޓެރަރިޒަމަށް ވާގިވެރިވެ، ހިތްވަރުދިނުމުގެ ޢަމަލެކެވެ.
ޤާނޫނުގައިބޮޑު އަދަބެއް ކަނޑެއެޅިފައިވާ ކުށެކެވެ.
އެވީޑިއޯ ޝެއާރކުރައްވާ ބޭފުޅުންގެ މަޤުޞަދަކީ ގިނަބައަަކަށް ވީޑިއޯ ފެނުންކަމަށްވެދާނެއެވެ. ނަމަވެސް، އެފަދަޢަމަލުތައް ފެތެނީ ޓެރަރިޒަމްގެ ކޮންޓެންޓު ޢާއްމުކޮށް ޝާއިޢުކުރުމުގެ ތެރެއަށެވެ."
- އަހްމަދު ފާއިޒް ޙުސައިން