3 ބިދޭސީންނަށް ހަމަލާދިން މައްސަލައިގަ 3 މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
3 ބިދޭސީންނަށް ހަމަލާދިން މައްސަލައިގަ 3 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި 3 ބިދޭސީންނަށް ހަމަލާދިން މައްސަލައިގައި 3 މީހަކު ހައްޔަރުކުރެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

3 ބިދޭސީންނަށް ހަމަލާ ދިނީ ހަރުކަށި ގްރޫޕަކުން ކަމަށް ބުނެ އިތުރު އިންޒާރުދޭ ވީޑިއޯއެއް ޢާންމުކޮށްފައިވާތީ އެ ވީޑިއޯގެ ޞައްހަކަން ފުލުހުން ގެންދަނީ ކަށަވަރުކުރަމުންނެވެ. މީގެ ކުރިންވެސް މިބާވަތުގެ އިންޒާރުދިން ފޭކް ވީޑީއޯއެއް ގެ މަސައްލަލަ ވަނީ ފަޅާއަރައިފައެވެ.

ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ މީހުންނަށް ހަމަލާދީ އަމިޔާ ކުރާ މީހުންނަށް ހަރުކަށި އަދަބުދޭން ގިނަ ބައަކު ގެންދަނީ ގޮވާލަމުންނެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ކޮންމެ ޤައުމަކަށްވެސް މީހުން އެތެރެވަނީ އެޤައުމެއްގެ ރައްޔިތުންގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަމަށް އެދި އަދި އެކަމަށް އިތުބާރު ވެސް ކޮށްގެން ކަމަށާއި އެ އިތުބާރަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން