ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލާގައި ހަވަނަ މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލާގައި ހަވަނަ މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރަށް ނިސަބަތްވާ ބަޔަކު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ހަމަލާދިން މައްސަލާގައި ހަ ވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި، ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޓް، ސްޕުރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ މިހަމަލާ ދިނުމުގައާއި ހަމަލާ ރޭވުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އެބައޮތް ކަމަށެވެ.

މިމައްސަލައިގައި ހަވަނަ މީހަކު ފުލުހުން ހައްޔަރުކުރީ މިރޭގެ ވަގުތެއްގައެވެ.

މިހަމަލާ ރޭވިފަރާތްތަކުގެ އިތުރުން އެކަމަށް އެކިގޮތް ގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) ގެ ފަރާތުން، ވަނީ ޓުއަރިޒަމްދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށްފައެވެ. އަދި މި ހަރުކަށި ޢަމަލަކީ ދިވެހި މުޖްތަމަޢާއި އިޤްތިޞާދަށް އޮތް ނުރައްކާތެރިކަން ފާހަގަކުރައްވާ މިކަމުގައި ދުރާލާ ފިވަޅުތަކެއް އަޅާނެކަމާއި މިފަދަ ޢަމަލުތައް ހުއްޓުވުމުގައި ކުޑަވެސް ދުލެއް ނުދެއްވާ ކުރިޔަށްދާނެ ކަމުގެ ޔަޤީންކަން ފަތުރުވެރިކަމުގެދާއިރާގެ ފަރާތްތަކަށް އެން.އެސް.ސީ ވަނީ ދެއްވާފައެވެ. 

މިހަމަލާތަކުގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ފަރުވާއަށްފަހު އެކަކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުނަށް އަދިވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މިއަދު އޮންލައިން