މީހުން ދިރިއުޅޭ ރަށްރަށުގަ ބިކިނީ ލައިގެން ނޫޅެ އައުރަ ނިވާކުރަން ނަޞޭޙަތް ދިނުމުން ދެކޮޅު ހެދީމާ އެކަން ހުއްޓުވަން ހަދަން ޖެހޭ ގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މީހުން ދިރިއުޅޭ ރަށްރަށުގަ ބިކިނީ ލައިގެން ނޫޅެ އައުރަ ނިވާކުރަން ނަޞޭޙަތް ދިނުމުން ދެކޮޅު ހެދީމާ އެކަން ހުއްޓުވަން ހަދަން ޖެހޭ ގޮތަކީ ކޮބައިތޯ؟

"މީހުން ދިރިއުޅޭ ރަށެއްގައި، ޤަވާއިދާއި ޚިލާފަށް ގެސްޓަކު ބިކިނީ ލައިގެން ރަސުތެރޭގައި ދަނިކޮށް، އެކަން ނުކުރުމަށް ނަޞޭޙަތްދީ، އަދި ތުވާލިންވެސް ނިވާކުރަން އުޅުމުން އެކަމަށް ވެސް އޭނާ ހުރަސްއެޅީމާ، އެހާލަތުގައި އެކަން ހުއްޓުވަން ދެން ފުލުހުން ކަންތައް ކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟" 

މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ސުވާލެކެވެ! 

ޝައިޚް ޢަލީ ޒައިދު މި ސުވާލުކުރައްވާފައި މިވަނީ އިއްޔެ ހަވީރު މާފުށީގައި ގެސްޓަކު އެ ހާލަތުގައި ޢަމަލުކުރިގޮތުން ފުލުހުންނަށް އެކަން ހުއްޓުވޭނެ ގޮތެއް ނެތިގެން އޭނާގެ އަތުގައި ބިޑިއެޅުވުމުން އެކަން ކުށްވެރިކޮށް ވާހަކަތައް ފަތުރަމުންދާތީ ކަމަށް ބެލެވެއެވެ! 

ގެސްޓަކު އޭނާ އަމިއްލައަށް ހުންނަ ޙާލަތަކީ ރާއްޖޭގެ ޤާނޫނުތައް މުގުރައި އިސްލާމް ދީނާއި ބީރައަޓެހި ގޮތްތައް ދިވެހިރައްޔިތުންނަށް ޢާންމުކުރަން ލިބޭ ފުރުޞަތަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖެގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަށް ގެންދަން ޖެހޭނީ އެރަށުގެ ރައްޔިތުންގެ ދީން ޙިމާޔަތް ކުރެވޭ ގޮތަށް ކަމަށް ވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

މިބާވަތުގެ ޙާލަތުތައް މެދުވެރިކުރުވަމުން މިގެންދަނީ ދުރާލައި ރާވައިގެން ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ!

 

މިއަދު އޮންލައިން